ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ ރައީސުލްޖުމްހޫރިއްޔާ ޑްރޯޕަދީ މުރުމުއާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުވުން އޮތީ މިއަދު އިންޑިއާގެ ނިއުދިއްލީގެ ރާޝްތުރަޕަތީ ބާވަންގައެވެ.

މިބައްދަލުކުރެއްވުމުގައި ދެ ރައީސުންވެސް ވަނީ ދެޤައުމުގެ ތަރައްޤީއާއި ތަނަވަސްކަމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ މޯދީއާ ވެސް ބައްދަލު ކުރައްވާފައެވެ. މީގެއިތުރުން މިއަދު ހެނދުނު އެމަނިކުފާނުވަނީ އިންޑިއާގެ އައު ޔޫނިއަން މިނިސްޓަރާއި ވެސް ބައްދަލު ކުރައްވާފައެވެ.