ދުންފަތާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭއިން) ނ އަތޮޅުގައި ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި ސެޝަން އެޗްޕީއޭއިން ކުރިއަށް ގެންގޮސްފައިވަނީ "ވޯލްޑް ނޯ ޓަބަކޯޑޭ" ނުވަތަ ދުނިޔޭޣެ ދުންފަތަށް ނޫނެކޭ ބުނާ ދުވަހުގެ މުނާސަބަތުގައެވެ. މި ސެޝަނުގައި ނ އަތޮޅުގެ ހޮސްޕިޓަލުތަކުގެ މެނޭޖަރުންނާއި އިސް ސްޓާފުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި އަތޮޅުކައުންސިލުގެ ބޭފުޅުންވެސް ވަނީ މި ސެޝަނުގައި ބައިވެރިވެފައެވެ.

މީގެއިތުރުން ވެސް ނޫނު އަތޮޅުގެ ސަރުކާރުގެ ވުޒާރަތަކަށް ހާއްސަކޮށްގެން އެޗްޕީއޭއިން ވަނީ މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވާފައެވެ. މި ސެޝަން ބާއްވައިފައިވަނީ ނ. މަނަދޫގައެވެ.