ބޮޑު ޢީދު ފާހަގަ ކުރުމަށް ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން އިއުލާނު ކޮށްފިއެވެ.

އެގޮތުން މިފަހަރު ބޮޑު ފާހަގަ ކުރުމައްޓަކައި ހުޅުމާލޭގައި ގިނަ ހަރާކާތްތަކެއް ވަނީ ރޭވިފައެވެ. މިގޮތުން 15 ޖޫންވާ ހޮނިހިރު ދުވަހުގެ ރޭގަނޑު 21:00 ގައި ހުޅުމާލެ ޗެނަލް ސަރަހައްދުގައި ބޮޑުހުލުޖެހުމަށް ވަނީ ހަމަޖައްސާފައެވެ. މީގެއިތުރުން ޢީދު ދުވަހުގެ ހަވީރު ސެންޓްރަލް ޕާކުގައި ވެސް ގިނަ ހަރަކާތްތަކެއް ވަނީ ރޭވިފައެވެ. މިގޮތުން ގްރީސް ޕޯލް، ކުޑަކުދިންގެ ހަވީރު އަސި މާލި ޕެރޭޑެއްވަނީ ރޭވިފައެވެ. މީގެއިތރުން ޢީދު ދުވަހުގެ ރޭގަނޑު ހުޅުމާޅެ ސެންޓްރަލް ޕާކުގައި ބޮޑުމަސް ބޭނުމާއި ހަވާ އެރުވުން އޮންނާނެއެވެ.

ޢީދު ދުވަހަށް ފަހު ޖެހިގެން އޮތް ހޯމަ ދުަވަހަށް ވެސް ވަނީ ހަރަކާތްތައް ރާވާފައެވެ. މިގޮތުން ސެންޓްރަލް ޕާކުގައި ކޯޑިކެނޑުން އަދި ލަކީ ޑްރޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހޯމަ ދުވަހުގެ ރޭގަނޑު ދިރާގުން ސެންޓްރަލް ޕާކުގައި އީދު ޝޮއެއް ބޭއްވުމަށް ވަނީ ހަަމަޖެހިފައެވެ.