މޯލްޑިވްސް އިމިގްރޭޝަނުގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް އެއްލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ.

އިމިގްރޭޝަނުން ހަދިޔާ ކުރި އެއްލައްކަ ރުފިޔަލަކީ އިމިގްރޭޝަނުގެ މުވައްޒަފުންގެ ފަރާތުން ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ދިން އެހީއެކެވެ.

އިމިގްރޭޝަނުން ވަނީ, މި ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީ ވުމަށް ޓަކައި އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އާ ހަވާލުކޮށްފައެވެ.

އިމިގްރޭޝަނުގެ ފަރާތުން އައިއޭސީއާ މި ފައިސާ ހަވާލުކޮށްދެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފަ އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދެވެ. އައޭސީގެ ފަރާތުން މި ފައިސާ ބަލައިގަނެފައި ވަނީ އެ ޖަމިއްޔާގެ ޗެއާމަން އަހްމަދް އިގްބާލެވެ.

އައިއޭސީ ވަނީ, އިމިގްރޭޝަންގެ ފަރާތުން އެ ޖަމިއްޔާއަށް އެކި ގޮތްގޮތުން ވާ އެހީ ފާހަގަކޮށް, އެ މުއައްސަސާއަށް ޝުކުރު އަދާކޮށްފައެވެ.