މަސްތުވާތަކެތީގެ މައްސަލައެއްގައި ގއ. ވިލިނގިލިން ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަ ކުރި ގޮތުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ފުލުހުންގެ އިންޓަލިޖެންސާއި ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ދެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރު ކޮށްފައިވަނީ ރާއްޖެއަށް ނިސްބަތްވާ 33 އަހަރުގެ މީހަކާއި 40 އަހަރުގެ މީހެކެވެ.

ފުލުހުން ހާމަކުރި ގޮތުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތާ ގުޅިގެން މި މަހުގެ 10 ވަނަ ދުވަހު ކޯޓުއަމުރެއްގެ ދަށުން ގއ. ވިލިނގިލީގެ ގެއެއް ވަނީ ބަލާ ފާސްކޮށްފައެވެ.

ފުލުހުން ހާމަ ކުރި ގޮތުގައި ބަލާ ފާސް ކުރި ގެއިން ވަނީ މަސްތުވާތަކެތި ކަމަށް ލަފާ ކުރެވޭ އެއްޗެއް ހުރި ޖޫސްޕެޓީ ސައިޒުގެ ކޮތަޅެއް ފެނިފައެވެ.

މި މައްސަލަ ވިލިނގިލި ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހްގީގު ކުރަމުންނެވެ.