އިންޓަނޭޝަނަލް އެއިޑް ކެންޕެއިން(އައިއޭސީ)ން ޣައްޒާގެ ރައްޔިތުނަަށް އުޟްހިޔާ ދަޅުގައި ބަންދު ކޮށްގެން ފޯރުކޮށްދޭން ނިންމައިފިއެވެ.

އައިއޭސީން މި ކަން ހާމަ ކޮށްފައިވަނީ ސޯޝަލް މީޑިއާގައި އާންމު ކުރި ޕޯސްޓެއްގައެެވެ.

އައިއޭސީގެ އެ ޕޯސްޓްގައި ބުނެފައިވަނ ީމިދިޔަ ފަހަރު އުޟްހިޔާ ޣައްޒާއަށް އައޭސީއިން ފޯރު ކޮށްދީފައިވަނީ ގަނޑު ކޮށްގެންކަމަށާއި ނަމަވެސް މިފަހަރު ގަނޑުކޮށްގެން އުޟްހިޔާ ފޯރުކޮށްދީފިނަމަ އެތަކެތި ހަލާކުވުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެގޮތުން މިފަހަރު އުޟްހިޔާ ޣައްޒާއަށް ފޯރުކޮށްދޭނީ ދަޅު ބަންދު ކޮށްގެން ކަމަށާއި އެ ގޮތަށް ފޯރުކޮށްދިނުމުން އެތަކެތި ހަލާކުވުމުގެ ފުރުސަތު ކުޑަވާ ކަމަށާއި ގިނަ ދުވަހު ރައްކާކުރަން ފަސޭހަ ވެގެންދާނެ ކަމަށްވެސް އައިއޭސީން ބުނެފައިވެއެވެ.

ޣައްޒާއަށް ފޯރުކޮށްދޭ އުޟްހިޔާ ކަތިލެވޭނީ ދެކުނު އެފްރިކާއާއި އިންޑިޔާގައެވެ.