ސްޓޫޑެންޓް ލޯނަށް ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ދަރިވަރުންނަށް ލޯނު ދީފައިވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނެފިއެވެ.

ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވިދާޅުވެފައިވަނީ މިއަހަރު ލޯނަށް ހުޅުވައިލުމުން 500 ފުރުސަތަށް އެދި 1،709 ދަރިވަރުން ކުރިމަތިލައިފައިވާ ކަމަށެވެ.

މިގޮތުން މި އަހަރުގެ ލޯނަށް 1،153 ދަރިވަރުން ކޮލިފައި ވެފައިވާއިރު ލޯނަށް ހޮވިފައި ވަނީ މީގެތެރެއިން 1،015 ދަރިވަރުން ކަމަށެވެ. އަދި އެ ދަރިވަރުންނަށް އަންނަ ބުރާސްފަތި ދުވަހު "ސްޕޮންސާ ލެޓާ" ލިބޭނެ ކަމަށް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މިނިސްޓްރީން ވަނީ ސްޓޫޑެންޓު ލޯނާމެދު އެއްވެސް ޝަކުވާއެއް ހުށައަޅަން ބޭނުންފުޅުވާނަމަ މިމަހުގެ 25ގެ ނިޔަލަށް އެ ފުރުސަތު ދެއްވާފައެވެ.