މަދިރިއަކީ ނުހަނު މޮޅު ޝިކާރަވެރިއެކެެވެ. އަޅުގަނޑުމެން ނޭވާލާ ކާބަން ޑައިއޮކްސައިޑް އިހުސާސްކޮށްގެން ދުރުން އިންސާނުން ޓްރެކްކޮށް ނުރައްކާތެރި ޑެންގޫ އާއި ޗިކަންގުންޔާ ޖައްސާ ނުރައްކާތެރި އެއްޗެކެވެ.

ހާމައަށް ހުންނަ ހަންގަނޑު ދެނެގަނެ، ލޭ ބުއިމަށް މަދިރީގެ ޕްރޮބޮސިސް ނުވަތަ ކަށި ބޭނުންކުރާއިރު، ގިނަ ފަހަރަށް މަދިރީގެ ކުޅުގައި ހިމެނޭ އައްސިކުރާ މާއްދާއެއްގެ ސަބަބުން ހެފި ކަމެއްވެސް އަހަރެމެންނަކަށް ނޭނގެއެވެ.

އަންހެން މަދިރިއަށް ސަތޭކަ ބިސް އަޅަން ބޭނުންވާ ވަރަށް އެއްފަހަރު ލޭ ބޮއެގެން ނިއުޓްރިއެންޓްސް ލިބޭއިރު، އެއީ ޑެންގޫ އާއި ރޮސް ރިވާ ވައިރަސް ފަދަ ބަލިތަކަށް ކުޅަދާނަ ވެކްޓަރުތަކެއް ވެސްމެއެވެ.

ޝައުގުވެރިވާ ކަމަކީ މަދިރި ލޭބޯން ބޮޑަށް އިސްކަން ދެނީ ވަކި ބަޔަކަށް ކަމެވެ.

ސައިންސް ޖާނަލް "ސެލް" ގައި ޝާއިޢުކޮއްފައިވާ ދިރާސާއަކުން ދައްކާ ގޮތުގައި ހަންގަނޑުން ކާބޮކްސިލިކް އެސިޑް ބޭރުކުރާ މިންވަރު ގިނަ މީހުން މަދިރިއަށް މާ ކަމުދެއެވެ. މި އެސިޑްތަކަކީ މީހާގެ ހަމުގެ މައިކްރޮބަޔޯޓާގެ އަސަރު ކުރާ އެއްޗެކެވެ. ޖެނެޓިކްސް އަކީވެސް ވަރަށް ބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ. ޖިސްމާނީ ހަރަކާތާއި ސެންޓު ބޭނުންކުރުން ފަދަ ކަންކަމުގެ ސަބަބުން ވެސް މަދިރީގެ ޝައުގުވެރިކަމަށް އަސަރު ކުރެއެވެ. މާބަނޑު އަންހެނުންގެ މެޓަބޮލިކް ރޭޓާއި ހަށިގަނޑުގެ ހޫނުކަން އިތުރުވުމުގެ ސަބަބުން ގިނަ ފަހަރަށް މަދިރި ހަފާލެއްވެސް ގިނަވެއެވެ.

މަދިރި ހެފުމުން ސަލާމަތްވުމަށް ދިގު، ދޫ ހެދުން ލުމާއި ޑީއީއީޓީ ނުވަތަ ޕިކަރިޑިން ހިމެނޭ ރިޕެލެންޓްސް ބޭނުންކުރުމަކީ ހަރުދަނާ ހައްލުތަކެކެވެ.

އާންމުން ގަބޫލުކުރާ ގޮތާ ޚިލާފަށް ލޮނުމެދު ނުވަތަ ވިޓަމިން ބީ ހިމެނޭ އެއްޖެހި ކެއުމުގެ އިޚްތިޔާރުތަކުން މަދިރިން ސަލާމަތެއް ނުވެވޭނެ ކަމަށް ނޭޝަނަލް ސެންޓަރ ފޮރ ބަޔޯޓެކްނޮލޮޖީ އިންފޮމޭޝަން އިން ބުނެއެވެ. އެކަމަކު އޮރެންޖް، ރަތް ނުވަތަ ވިލު ފަދަ ކުލަތަކުން ދުރުހެލިވުމަކީ މަދިރީގެ ޝައުގުވެރިކަން ކުޑަކޮށްދޭ ކަމެކެވެ.

ބައެއް މީހުންގެ ހަށިގަނޑުގައި "ނިއުޓްރިޝަސް" ލޭ ހުރުމާ ދެކެވޭ ޚިޔާލާ ދެމެދު އަދިވެސް ވާހަކަ ދެކެވެމުން އަންނައިރު، ބައެއް މީހުންނަކީ މަދިރިއަށް މާކަމުދާ ބައެއްކަން އެނގެއެވެ. އެކަމަކު މަދިރިން ތިބާ ސަލާމަތް ވުމަތް ފިޔަވަޅުތަށް އެޅުން މުހިންމެވެ.