ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމުގެ މުހިއްމު ކަމާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފުލުހުންގެ ފަރާތުން, ފ. މަގޫދޫ ސްކޫލުގެ ދަރިވަރުންނަށް ބާއްވައިފިއެވެ.

ފުލުހުން ބުނީ މި ޕްރޮގްރާމަކީ ސްކޫލު ދަރިވަރުން ކުށުގެ މާހައުލުން ރައްކާތެރިކޮށް, މުޖުތަމައުގެ މައްސަލަތަކަށް ކުދިން ހޭލުންތެރި ކުރުމަށް ޓަކައި ފުލުހުން ކުރަމުން އަންނަ މަސައަކަތްތަކުގެ ތެރެއިން ބޭއްވި ޕްރޮގްރާމެއް ކަމަށެވެ.

މި މަހުގެ 11 ވަނަ ދުވަހު މަގޫދޫ ސްކޫލުގެ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ވަނީ, ހުސް ވަގުތު ފައިދާހުރި ގޮތެއްގައި ހޭދަކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލި އަޅުވާލާފައެވެ. އޭގެ އިތުރުން, އާއްމު ދިރިއުޅުމާއި ސްކޫލު މާހައުލުގައި އަމަލުތައް ބަހައްޓަން ވާނެ އެންމެ ރަނގަޅު ގޮތްތަކާއި ބެހޭ ގޮތުން ވަނީ މައުލޫމާތު ދީފައެވެ.

ފުލުހުންގެ ފަރާތުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި ވަނީ ގްރޭޑް 7,8,9 އަދި 10 އަކުން ޖުމްލަ 55 ދަރިވަރަކު ބައިވެރިވެފައެވެ.