ރ. ހުޅުދުއްފާރުގައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ މަސައްކަތުގެ ތާރު އެޅުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު އަންނަނީ ކުރަމުން ކަމަށް އެ މަސައްކަތް ކުރަމުން އަންނަ ކުންފުނި ކަމަށްވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ން ބުނެފިއެވެ.
އާރްޑީސީން މިހެން ބުނީ އެ ކުންފުނިން ފޭސްބުކުގައި މިއަދު ކޮށްފައިވާ ކޮށްފައިވާ ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި އާރްޑީސީން އިތުރަށް ބުނެފައިވަނީ އެ ރަށުގައި ތާރު އެޅުމަށް ބޭނުން އަސްފަލްޓް ޕްލާންޓް އެރަށަށް ފޮނު އަދި ޕްލާންޓް ސެޓަޕްގެ %95 މަސައްކަތްވަނީ ނިމިފައިކަމަށެވެ.
މީގެއިތުރުން އެރަށު ބޮޑުތަކުރުފާނުގައި މަގުގައި ތާރުގެ ކުރިން އަޅާ އެގްރިގެޓް ބޭސް ކޯސް (އޭބީސީ) ފަށަލަ އެޅުމަށް ތައްޔާރުވުމުގެ ގޮތުން އެމަގު ސަބްގްރޭޑް ކުރުމުގެ މަސައްކަތްތައް މިހާރު ކުރަމުންް ދާ ކަމަށްވެސް އެ ފަރާތުން ބުންޏެވެ.
އާރްޑީސީން ބުނީ ހުޅުދުއްފާރުގެ އިތުރުން އދ. މާމިގިލީގައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުން އަންނަ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ފެށުމަށްވެސް އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ.
އެގޮތުން އެންމެ ފަހުގެ ތައްޔާރީތަކުގެ ތެރެއިން އެގްރިގެޓް ބޭސް ކޯސް (އޭބީސީ) ފަށަލަ އެޅުމަށްޓަކައި ރަށް ދެބައިމަގު ސަބްގުރޭޑު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން ކަމަށްވެސް އާރްޑީސީގެ ޕޯސްޓްގައި ބުނެފައިވެއެވެ.