ފުލުހުން ބަލަމުންދާ މައްސަލައެއްގެ ތަހުގީގަށް ގައްދޫ މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ފުލުހުން ހޯދަނީ އަލީ އިބްރާހީމް، ގދ. ގައްދޫ / ސީކޯ (22އ) ކަމަށެވެ.
މީގެއިތުރުން ފުލުހުން ބުނީ އަލީ ހޯދަމުން ދަނީ ހއ. ކެލާ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަމަށެވެ.
އަދި އޭނާ ހާޒިރުވާން ޖެހޭނީ ސާޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، 2024 ޖޫން 24 ވަނަ ދުވަހުގެ 11:00 އަށް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.