ޗައިނާ އިން އެފްރިކާއާއި އޭޝިއާގެ ގައުމުތަކުގައި ހަދަމުން ގެންދާ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އެމެރިކާއާއި ޓައިވާން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެއްޖެއެވެ.
ޗައިނާއިން ގެންގުޅޭ ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓްތަކަކީ އެމެރިކާއިން ޝައްކުގެ ނަޒަރަކުން ދެކޭ ޗައިނާގެ ދަރަނި ދަންތުރަތަކެއް ކަމަށް ސިފަ ކުރާ ޕްރޮޖެކްޓްތަކެވެ.
އެމެރިކާގެ ޓްރެޜަރީ ޑިޕާޓްމަންޓާއި ޓައިވާންގެ ފިނޭންސް މިނިސްޓްރީން އެއްބަސްވެފައި ވަނީ މަތީ ފެންވަރުގެ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތައް ދެކުނު އޭޝިއާއާއި އިރުމަތީ އޭޝިއާއާއި އެފްރިކާ އަދި ދެކުނު އެމެރިކާގައި ބިނާކުރުމަށް މަސައްކަތް ކުރުމަށެވެ.
މީގެ ކުރިން އެމެރިކާއިން ވަނީ ސައިންސާއި ޓެކްނޮލޮޖީއާއި އަސްކަރީ ދާއިރާގައި ޗައިނާ ޖަހާލުމަށް އެތައް ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.
ޓައިވާން އަކީ ވަކި ގައުމެއްކަމަށް އެމެރިކާއިން އެއްބަހެއް ނުވެއެވެ. ނަމަވެސް ދެ ގައުމު ދެމެދު ހުރިހައި ފެންވަރެއްގައި ސިޔާސީ ގުޅުމާއި އަސްކަރީ މުއާމަލާތް ގައުމެއްފަދައިން ބަރާބަރަށް ހިނގައެވެ.