އަންހެނުންގެ ލޯންގްކޯސް ސަތޭކަ މީޓަރ ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯޑު, މިރާލް އައިން އަރީފް އާކޮށްފިއެވެ.

މިރާލް މި ރެކޯޑު އާކުރީ, ސިންގަޕޫރުގައި މިހާރު ކުރިއަށްދާ އެ ގައުމުގެ 19 ވަނަ ގައުމީ ފެތުމުގެ މުބާރާތުގައެވެ. މިރާލް މި ރެކޯޑު އާކޮށްފައިވަނީ, 01:13:96 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

މިރާލް މި ރެކޯޑު އާކޮށްފައިވާ އިރު, އަންހެނުންގެ ލޯންގްކޯސް ސަތޭކަ މީޓަރ ބަޓަރފްލައި އިވެންޓުގެ ގައުމީ ރެކޯޑު އެންމެ ފަހުން އާކޮށްފައިވަނީ ވެސް މިރާލްއެވެ. އެއީ, 2023 ވަނަ އަހަރު އޮތް 19 ވަނަ އޭޝިއަން ގޭމްސްގައި 01:13:99 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.

މިރާލް އާ ކުރި މި ރެކޯޑަކީ, ސިންގަޕޫރުގައި މިހާރު ކުރިއަށްދާ ފެތުމުގެ މުބާރާތުގައި ރާއްޖޭގެ ފެތުންތެރިޔެއް އާކުރި ފުރަތަމަ ރެކޯޑެވެ.