އިސްރާއީލުން މިއަދު ފަތިހުގެ ވަގުތެއްގައި ޣައްޒާގެ މެދުތެރޭގެ ރެފިއުޖީ ކޭމްޕްތަކަށް އަމާޒުކޮށް ދިން ވައިގެ ހަމަލާތަކުގައި އެތައް ބަޔަކު ޝަހީދުވެއްްޖެއެވެ.

އަލްޖަޒީރާ އަރަބިކްއިން ރިޕޯޓްކުރާ ގޮތުގައި މި ހަމަލާތަކުގައި އެތައް ބަޔަކު މަރުވެ، ޒަހަމްވިއެވެ.

ބުރެއިޖް ރެފިއުޖީ ކޭމްޕްގައި ގެއަކަށް ދިން ވައިގެ ހަމަލާއެއްގައި އެކަކު މަރުވެ އެތައް ބަޔަކު ޒަހަމްވެފައިވެއެވެ. ނުސީރަތު ރެފިއުޖީ ކޭމްޕުގައި އިސްރާއީލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ދިން ވައިގެ ހަމަލާތަކުގައި އެކަކު މަރުވެފައިވާ ކަމަށް ފުރަތަމަ ރިޕޯޓްކޮށްފައިވާއިރު، އިތުރު ބަޔަކު ވަނީ ޒަހަމްވެފައެވެ. އޭގެ ފަހުން ނުސީރަތުގައި މަރުވި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، ގެއަކަށް ދިން ހަމަލާއެއްގައި ހަތް މީހަކު ޝަހީދުވެފައަވާ ކަން އެގައުމުގެ މީޑިއާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.

ނުސީރަތުގައި އިތުރު ގެއަކަށް ދިން ހަމަލާއެއްގެ ސަބަބުން އިތުރު ފަސް މީހުނާއެކު އެއައިލާ އެންމެން ވަނީ ޝަހީދުވެފައެވެ.

މީގެ އިތުރުން، ޣައްޒާގެ މެދުތެރޭގެ ދީރް އަލް-ބާލާހު ސަރަހައްދުގައި އިސްރާއީލުގެ ކުއަޑްކޮޕްޓަރ ޑްރޯންތައް ހުރުމުގެ ސަބަބުން އެ ސަރަހައްދުގައި ނުތަނަވަސްކަން ވަނީ އިތުރުވެފައެވެ. ގެއްލުންތައް ލިބެމުންދާ ކަމުގެ ރިޕޯޓްތައް ލިބެމުންދާއިރު، ހާލަތު އަދިވެސް އޮތީ ވަރަށް ބޮޑަށް ގޯސްވެފައެވެ.