މާލެއިމް ގެއްލިގެން ހޯދަމުން ދިޔަ 14 އަހަރުގެ ހަދީޖާ ޔަލްވީ ފެނިއްޖެއެވެ.

ފުލުހުންގެ އިދާރާއިން ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުގައި ޔަލްވީ ފެނިފައިވަނީ 19 ޖޫން ވީ ދުވަހުގެ ރޭގަނޑުއެވެ. ޔަލްވީގެ ހާލު ރަނގަޅު ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ޔަލްވީ ހޯދުމުގެ މަސައްކަތް ފެށީ, މި ދިޔަ ހުކުރު ދުވަހުން ފެށިގެން ޔަލްވީގެ ހަބަރެއް ނުވެގެން އޭނާގެ އާއިލާއިން ފުލުހުންނަށް އެކަން ރިޕޯޓު ކުރުމުންނެވެ.

މިއީ, ޔަލްވީ ގެއްލިގެން ފުލުހުން އިއުލާނު ކުރި ދެވަނަ ފަހަރެވެ. މީގެ ކުރިން ފެބްރުއަރީ މަހު ވެސް ޔަލްވީ ގެއްލިގެން އޭނާގެ އާއިލާއިން ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ.