ވެލާނާާ އިންޓަނޭޝަނަލް އެއާޕޯޓު ލައިޓު ކައިރިން މިއަދު ދަތުރުކުރި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ދުއްވި އުޅަނދެއް މިއަދު ޓޯކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން އެކަން ހާމަކޮށްފައިވަނީ މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައެވެ.
ފުލުހުން ބުނީ އެ އުޅަނދު ހުއްޓުވައި ޗެކްކުރިއިރު ލައިސެންސް ނެތި ދުއްވި ކަމަށް ފާހަގަކުރެވުނު ކަމަށާއި އަދި އެ އުޅަނދު މިހާރު ޓޯކޮށްފައިވާ ކަމަށެވެ.
މީގެއިތުރުން އިއްޔެގެ ވަގުތެއްގައިވެސް ފުލުހުން ވަނީ ހުއްދަނެތި ގަވާއިދާ ހިލާފަށް މީހުން އަރުވައިގެން މާލެއިން އެއާޕޯޓަށް ދަތުރުކުރި އުޅަނދެއް ހުއްޓުވައި ޓޯކޮށްފައެވެ.
ފުލުހުން މިހާރު ގެންދަނީ ހުއްދަނެތި ނުވަތަ ގަވާއިދާ ހިލާފަށް ދުއްވަމުންދާ އުޅަނދުތައް ހޯދައި ޓޯކުރަމުންނެވެ.