ނިއުޔޯކް، ޖޫން 22، /ޓާސް/: ނިއުޔޯކް ޓައިމްސް އިން ހުކުރު ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި "ލޭ އޮހޮރުވާލާ ޓްރެންޗް ހަނގުރާމަ" ގައި މަރުވެދާނެ ކަމުގެ ބިރަށް ޔޫކްރޭންގެ ދިހަހާސް ފިރިހެނުން ސިފައިންގެ ޚިދުމަތުން "ފިލައިފި" އެވެ.
ކަމާބެހޭ ފަރާތްތަކަށް ފޮރުވިފައި ތިބީ ކިތައް ފިރިހެނުން ކަމެއް ސާފެއް ނުވި ނަމަވެސް، ކިއެވް އާއި ލްވޯވް ފަދަ ބޮޑެތި ސިޓީތަކުގައި މެމްބަރުންނަށް މޮބިލައިޒޭޝަން އަށް އެލާޓް ކުރާ ސޯޝަލް މީޑިއާ ގްރޫޕްތަކުގެ ތެރޭގައި ދިހަހާސް މީހުން ހިމެނޭ ކަމަށް އެ ނޫހުން ލިޔެފައިވެ އެވެ.
ޔޫކްރޭންގެ ފިރިހެނުން ވަނީ މި ހަމަނުޖެހުމުގައި މަރުވެދާނެ ކަމުގެ ބިރު ފާޅުކޮށްފައެވެ. ނިއުޔޯކް ޓައިމްސްއިން ބުނެފައިވާ ގޮތުގައި ކިއެވް އިން އަންނަނީ ހަނގުރާމައަށް "އެކަށީގެންވާ ތަމްރީނުތަކެއް" ނެތި ސިފައިން ފޮނުވަމުންނެވެ. މީގެ ސަބަބުން ހަނގުރާމައިގައި މަރުވާ ޔޫކްރޭނު ސިފައިންގެ އަދަދު އެތައް ގުނައެއް ވަނީ އިތުރުވެފައެވެ.
އެކަށީގެންވާ ތަމްރީނުތަކެއް ނެތުމުން ކިއެވް އަށް ހަނގުރާމައިގެ ސަފުތައް ހިފެހެއްޓުމަށް ދަތިވާ ކަމަށް އަސްކަރީ ތަހުލީލު ކުރާ ފަރާތްތަކުން އެއްބަސްވާ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.
ޔޫކްރޭނުން ދާދިފަހުން ވަނީ ސިފައިންގެ ހިދުމަތަށް ފިރިހެނުން ނެރުމަށްޓަކައި ހަރުކަށި ގަވައިދުތަކެއް ހަދައި އެއަށް އަމަލު ކުރަން ފަށާފައެވެ.