ހދ. ހަނިމާދޫއިން މަރުވެފައި އޮތް މީހަކު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިކަން ހާމަ ކޮށްފައިވަނީ މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގެއެވެ.

ފުލުހުންބުގެ މެސެޖުގައި ބުނެފައިވަނީ މަރުވެފައި އޮއްވާ ފެނުނީ 64 އަހަރުގެ ފިރިހެނެއް ކަމަށެވެ.

އަދި އެ މީހާއަކީ އެ ރަށުގައި ކޮޓަރިއެއް ކުއްޔަށް ނަގައިގެން އުޅޭ މީހެއް ކަމަށާއި އެތަނަށް ފުލުހުން ދިޔައީ، އެމީހާ ރޭ ކޮޓަރިއަށް ވަތް ގޮތަށް ހަބަރެއް ނުވެގެން ކަމަށެވެ.

ފުލުހުން ބުނިގޮތުގައި އެމީހާ ރަށު ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އޮތީ މަރުވެފައިވާކަމަށް އެ ސެންޓަރުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މީގެއިތުރުން ފުލުހުން ބުނެފައިވަނީ މިކަމާ ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަން ވެސް ބަލަމުންދާ ކަމަށެވެ.