މިއަދު ހެނދުނު މާލޭއިން ކަރަންޓުގެ ހިދުމަތް މެދުކެނޑޭނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން ވިދާޅުވެއްޖެއެވެ.

ސްޓެލްކޯއިން ވިދާޅުވީ ކަރަންޓް ހިދުމަތް މެދުކެނޑެނީ އެ ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ދާތީ ކަމަށެވެ.

އެގޮތުން މިއަދު ހެނދުނު 09:30 ން 11:30 ށް މާލެ ސިޓީ، މާފަންނު، ފަރީދީމަގާއި، ރަތްފުސް ގޯޅި ހިމެނޭ ސަރަހައްދުން ކަރަންޓުގެ ހިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.

މީގެއިތުރުން މިއަދު މެންދުރު 14:00 ން 16:00 ށް މާލެ ސިޓީ، ހެންވެއިރު، ސިއްކަ ގޯޅި، ގުލޭނޫރަން މަގު، ކަރަންކާ މަގު އަދި ހިތަށްފިނިވާ މަގު ހިމެނޭ ސަރަހައްދުންވެސް ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް އެ ކުންފުނިން ވިދާޅުވެފައިވެއެވެ.

އަދި މި ކަމާ ގުޅިގެން ސްޓެލްކޯއިން ވަނީ ދިމާވާނެ ދަތިތަކަށް މާފަށް އެދިވަޑައިގަންފައެވެ.

މާލޭގެ ބައެއް ސަރަހައްދުން މިއަދު ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯއިން ބުނީ މިއަދު މެންދުރު 14:00އިން 15:30އަށްހެންވޭރާއި ގަލޮޅުގެ ކަށިމާ ހިނގުމާއި، ބުރުޒުމަގާއި، ލޮނުޒިޔާރަތްމަގުގެ އިތުރުން، މޫނިމާހިނގުން އަދި އިރުދޭމާ ހިނގުމާއި ދޮންއަދަރާދަ މަގު ހިމެނޭ ސަރަހައްދުން ކަރަންޓު ކެނޑިދާނެ ކަމަށެވެ.

މި ސަރަހައްދުތަކުން މިއަދު ކަރަންޓު ކަނޑަނީ ކޮންމެހެން ކުރަން ޖެހޭ މަސައްކަތެއް ކުރުމަށް ކަމަށާއި އެ މަސައްކަތް ނިމުނުހައި އަވަހަކަށް އަނބުރާ ކަރަންޓު އިއާދަކުރާނެކަމަށް ސްޓެލްކޯއިން ބުންޏެވެ.