ދަރިންނަށް ނަމޫނާއަކަށް ވުމަކީ ހަމައެކަނި ބަހަށްވުރެ ގިނަ ކަންތައްތަކެއް ހިމެނޭ ކަމެކެވެ. އެކަމަށް ތިމާގެ ރަނގަޅު އާދަތަކާއި، އަމަލުތަކާއި ސިފަތައްވެސް ބޭނުންވެއެވެ. ހަގީގަތުގައި ވެސް ރަނގަޅު ނަމޫނާއެއް ދެއްކުމަށް ޓަކައި ބައްޕައިން ނައްތާލަން ޖެހޭ ބައެއް އާދަތައް އެބަހުއްޓެވެ. އެގޮތުން ބައެއް ކަންކަމަށް ބަލާލަމާ ހިނގާތޯއެވެ.

ފުރަތަމަ ކަމަކަށް "ޖަޖް" ކުރުން ދޫކޮށްލަން ޖެހެއެވެ. މައިންބަފައިންގެ ޢަމަލުތައް ކުދިން ވަރަށް ބޮޑަށް ބަލަހައްޓައި ނަކަލުކުރެއެވެ. ޖަޖްކުރުމުގެ ބަދަލުގައި ހަމްދަރުދީއާއި ވިސްނުން ދައްކުވައިދިނުމަކީ އެކުދިންގެ އިޖްތިމާޢީ ކުރިއެރުމަށް ބޭނުންވާ މުހިންމު ސިފަތައް ކަމުގައިވާ އޯގާތެރިކަމާއި، ހުޅުވާލެވިފައިވާ ވިސްނުން ދަސްކޮށްދޭ ކަމެކެވެ.

ދެވަނަ ކަމަކަށް، ތިމާގެ ރުޅި ކޮންޓްރޯލް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ކުޑަކުއްޖަކު އަތުން ނޭނގި ފެންތައްޓެއް ވެރުން ފަދަ ކުދިކުދި ކަންކަމުގައި ރުޅިވެރިކަން ދައްކުވައިފިނަމަ ފަރުވާތެރިވުމުގެ ބަދަލުގައި އުފައްދޭނީ ބިރުވެރިކަމެވެ. ހަމަހިމޭންކަން ދެމެހެއްޓުމާއި، ކެތްތެރިކަމާއެކު ޙާލަތްތައް ބެލެހެއްޓުމަކީ ބިނާކުރަނިވި މައްސަލަތައް ޙައްލުކުރުމާއި، ނަފްސާނީ ޤަވާއިދުތައް ޤާއިމުކުރުމުގެ ނަމޫނާއެކެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމާއި ނުރަނގަޅު ކެއުމުގެ އާދަތައް ގެންގުޅުން ފަދަ ސިއްހަތަށް ނުރަނގަޅު ދިރިއުޅުމުގެ ވައްޓަފާޅިތައް އިޚްތިޔާރުކުރުމަކީ ވެސް ނައްތާލަން ޖެހޭ ކަމެކެވެ. ކޮލަންބިއާ ޔުނިވާސިޓީގެ ދިރާސާއަކުން ދައްކާ ގޮތުގައި ގޭގައި ކުދިންނަށް ފެންނަ ސިއްހަތަށް ނުރަނގަޅު އަމަލުތައް އެ ކުދިން ގެންގުޅުމުގެ ފުރުސަތު ބޮޑެވެ. އޭގެ ބަދަލުގައި ދުޅަހެޔޮ ދިރިއުޅުމެއް ޕްރޮމޯޓްކޮށް ޕްރެކްޓިސް ކުރުމަކީ ކުދިންގެ ދުޅަހެޔޮކަމަށް ރަނގަޅު ގޮތްތަކެއް ކަނޑައެޅުމަށް ބާރުއަޅާ ކަމެކެވެ.

އިޚްލާޞްތެރިކަމަކީ، ދެބަސް ނުވެވޭނެ އަނެއް ސިފައެވެ. ކުދި ކުދި ދޮގުތަކުން ވެސް ކުދިންގެ އިތުބާރު ގެއްލި، ބޭވަފާތެރިވުމަކީ ބަލައިގަނެވޭނެ ކަމެއްކަން ކުދިންނަށް ދަސްކޮށްދޭނެއެވެ. ދަތި ޙާލަތެއްގައިވެސް އިޚްލާޞްތެރިކަން ގެންގުޅުމަކީ. ހަރުދަނާ، ހެޔޮ ގުޅުންތަކަށް މުހިންމު، އަމާނާތްތެރިކަމުގެ މާޙައުލެއް އުފައްދައިދޭ ކަމެކެވެ.

އެހެން މީހުންގެ ދަރަޖައާއި ދައުރަށް ބެލުމެއްނެތި އެހެން މީހުންނަށް އިޙްތިރާމް ކުރުމަކީވެސް ނުހަނު މުހިންމު ސިފައެކެވެ. މައިންބަފައިންގެ މުޢާމަލާތްތައް ކުދިން ކޮޕީކުރާކަމަށްވާތީ، ކޮންމެ މީހަކާމެދުވެސް އިޙްތިރާމާއި އޯގާތެރިކަމާއެކު ޢަމަލުކުރުމަކީ އިޙްތިރާމާއި ހަމްދަރުދީގެ އަސާސްތައް ކުޑަކުދިންނަށް އަށަގަންނާނެއެވެ.

އަމިއްލަ ނަފްސަށް އަޅާލުމުގައި އިހުމާލުވުމަކީ ގެއްލުން ހުރި ކަމެކެވެ. މައިންބަފައިންގެ ބެލެނިވެރިކަމުގެ ދައުރުގައި ފުރިހަމައަށް ހާޒިރުވެހުރެ، ހަރުދަނާވުމަށް ޓަކައި ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަން ދޭންޖެހެއެވެ. އަމިއްލަ ނަފްސަށް އަޅާލުމުގެ މުހިންމުކަން ދައްކުވައިދިނުމަކީ ދަރިންނަށް އެކުދިންގެ އަމިއްލަ ދުޅަހެޔޮކަމުގެ އަގު ވަޒަންކޮށް ދެމެހެއްޓުމަށް ދަސްކޮށްދޭ ކަމެކެވެ.

އަޚްލާޤު ބިނާކުރުމަށް ޓަކައި ތިމާގެ ކުށެއް ނުވަތަ މިސްޓޭކްތަށް ގަބޫލުކުރުމަކީ ކޮންމެހެން ބޭނުންވެއެވެ. ކުށަކަށް ޒިންމާ ނުނެގުން ނުވަތަ އެހެން މީހުންނަށް އެކަން ޖެއްސުމުން ކުދިންނަށް ލިބެނީ ނުބައި މެސެޖެކެވެ. ކުށްތައް ޤަބޫލުކޮށް އިޞްލާޙީ ފިޔަވަޅުތައް އެޅުމަކީ ޒިންމާދާރުކަމާއި ހިތްތިރިކަމާއި ގޯސްތަކުން ޢިބްރަތް ޙާޞިލުކުރުމުން ލިބޭ ކުރިއެރުން ކުދިންނަށް ދަސްކޮށްދޭ ކަމެކެވެ.

މި އަޚްލާޤުތައް ނައްތާލުމުން، މައިންބަފައިން ޙަޤީޤީ ނަމޫނާ ބަޔަކަށް ވެ، ދަރިންނަކީ އިޙްސާންތެރި، ޒިންމާދާރު، އަދި ރަނގަޅު ބަޔަކަށް ހެދުމަށް މަގުދައްކައިދެވިދާނެއެވެ.