އާދަޔާ ހިލާފު ނިއުޓްރިއަންޓް ޑެންސިޓީ އާއި ތަފާތު ސިއްހީ ފައިދާތަކުގެ ސަބަބުން "މޮރިންގާ" ނުވަތަ މުރަނގަފަތަށް ވަނީ "ސުޕަފުޑް" ގެ ލަގަބު ލިބިފައެވެ.

ކޮންމެހެން ބޭނުންތެރި ވިޓަމިންތަކާއި މިނަރަލްތަކުން މުއްސަނދިވެފައިވާ މުރަނގަފަތަކީ އާންމުގޮތެއްގައި ބޭނުންކުރާ ސަޕްލިމެންޓްގެ ބަދަލުގައި ބޭނުންކުރެވިދާނެ އެއްޖެކެވެ. އަދި އެއީ ސިއްހީ އެކި ބަލިތަކަށް ގުދުރަތީ ފަރުވާއެއް ފޯރުކޮށްދޭމެ އެއްޗެކެވެ.

މުރަނގަފަތަކީ ކެލްސިއަމް، ވިޓަމިން ސީ، ޕޮޓޭސިއަމް، އަޔަން، ވިޓަމިން އޭ އަދި ޒަރޫރީ އެމިނޯ އެސިޑްގިނަ އަދަދަކަށް އެކުލެވިގެންވާ އެއްޗެކެވެ. ނިއުޓްރިއެންޓްސްގެ މި ތަފާތު ކޮމްބިނޭޝަނަކީ މުޅި ސިއްހަތު ދެމެހެއްޓުމުގައި ވަރުގަދަ ބައިވެރިއެކެވެ. ވަކިން ހާއްސަކޮށް ކެލްސިއަމް ސަޕްލިމެންޓްގެ ބަދަލުގައި އޭގެ ކެލްސިއަމް އެކުލެވިގެންވާ މާއްދާގެ ސަބަބުން ރިއުމެޓޮއިޑް އާތުރައިޓިސް ފަދަ ބަލިތައް ހުންނަ މީހުންނަށް ބޮޑެތި ފައިދާތަކެއް ލިބިގެންދެއެވެ.

ކެއުމުގައި މުރަނގަފަތް ހިމެނުމަކީ ވަރަށް ފަސޭހަ އަދި ހަރުދަނާ ކަމެކެވެ. ދުނިޔާގެ އެކި ކަންކޮޅުތަކުގައި މުރަނގަފަތް ކާން އެންމެ މަގުބޫލު އެއް ގޮތަކީ އާދަޔާ ހިލާފު ޑިޝްއެއް ކަމަށްވާ މޮރިންގާ ތޮގަޔަލް ހަދައިގެނެވެ. މި ޑިޝް އިން ފަތުގެ ނިއުޓްރިއަންޓްސް ގެއްލުނަނުދީ ހިފަހައްޓައިދެއެވެ. ރާއްޖޭގައި މިފަތް ކެއުމަށް އެންމެ މަގުބޫލުގޮތަކީ ތެލުލައިގެންނެވެ. ސްޓާފްރައި، ފެނު ކައްކައިގެން އަދި ރޮލާވެސް މިފަތް ކައި އުޅެއެވެ.

މުރަނގަފަތް، ފެނާއި އެއްކޮށްލުމުން ލަގޮނޑި ސާފުކޮށް، ހަޖަމުކުރުމަށް އެހީތެރިވެދިނުމާއި، ލޭގެ ޕްރެޝަރު މަތިވުން މެނޭޖްކޮށް، ހިތުގެ ދުޅަހެޔޮކަމަށް އެހީތެރިވެދޭ ޑިޓޮކްސިފައިން ބުއިމެއް އުފައްދައެވެ. މި ފައިދާތައް މައިގަނޑު ގޮތެއްގައި ފާހަގަކުރެވެނީ މުރަނގަފަތުގެ އެންޓި-އިންފްލެމޭޓަރީ ސިފަތަކުގެ ސަބަބުން އިންފްލެމޭޝަން ކުޑަކޮށްދޭތިއެވެ.

މުރަނގަފަތުގައި ހިމެނޭ ވިޓަމިން އޭ އަދި ސީ ގެ މިންވަރު ގިނަވުމަކީ ލޮލުގެ ފެނުމާއި ހަމުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ މާއްދާއެކެވެ. މި ވިޓަމިންތަކަކީ އެނީމިއާއާ ދެކޮޅަށް މަސައްކަތްކުރުމަށާއި، ހަކަތައިގެ މިންވަރު އިތުރުކޮށް، ހަޖަމުކުރުމުގެ ދުޅަހެޔޮ ނިޒާމެއް ދެމެހެއްޓުމަށް ވަރަށް މުހިންމު ވިޓަމިންތަކެކެވެ. މީގެ އިތުރުން މުރަނގަފަތުގެ އެންޓިމައިކްރޯބިއަލް ސިފަތަކުން ހަޖަމުކުރުމުގެ ދުޅަހެޔޮކަން އިތުރުކޮށްދެނީ ބަނޑުގައި ހުންނަ ރަނގަޅު ބެކްޓީރިއާގެ ބެލެންސަށް އެހީތެރިވެދީގެންނެވެ.

މުރަނގަފަތުގެ ފައިދާގެ ފުޅާ ލިސްޓުން ގުދުރަތީ ސިއްހަތު ބޫސްޓާއެއްގެ ގޮތުގައި އޮތް މިންވަރު ދައްކުވައިދެއެވެ. މީގެ ބާރުގަދަ ނިއުޓްރިއަންޓް ޕްރޮފައިލް އަކީ ކޮންމެ ކެއުމަކަށް ވެސް އަގުނުކުރެވޭ ވަރުގެ އިތުރުވުމަކަށް ވާއިރު، ޖޮއިންޓުތަކުގެ ސިއްހަތުން ފެށިގެން ހަންގަނޑުގެ އަލިކަން ފަދަ ސިއްހީ ގިނަ ކަންކަމަށް އެހީތެރިވެދެއެވެ. މުރަނގަފަތަކީ އަކީ ހަގީގަތުގައި ނިއުޓްރިއަންޓް ޕަވަރހައުސްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ، ވިޓަމިންސް، މިނަރަލްސް އަދި އެހެނިހެން ޒަރޫރީ ނިއުޓްރިއެންޓްސްގެ މުއްސަނދި އެއްޗެކެވެ.