ހއ. ދިއްދޫ ބަނދަރު ތަރައްގީ ކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢުގެ ދަށުން، ބޮޑު ހިލައިގެ 3 ވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން އިތުރަށް ބުނީ އެ ރަށު އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށާއި އެެއްގަމު ތޮށިލުމުގެ ވޭރިއޭޝަން މަސައްކަތްވެސް ވަނީ ނިމިފައިވާ ކަމަށެވެ.

އަދި ކުރީގެ ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 87 އިންސައްތަވެސް ވަނީ ނިމިފައި ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން:

  • 78،000 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުން
  • 49 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން
  • 58 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސްޖެހުން
  • 81 މީޓަރުގެ ސަރަހައްދެއްގައި ނެރު ތޮށިލުން
  • 768 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓްޖެހުން
  • 898 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުން
  • 9270 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން
  • އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.

މި މަޝްރޫއަކީ 88.36 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.