ވަޒީފާގެ ފުރުސަތު ހޯދައި ދިނުމާއި ގެދޮރުގެ ފުރުސަތު ދިނުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އަމާޒު ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރޭ ޕީއެންސީގެ ޖަގަހަ ހުޅުވައިދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ޖަގަހަ ހުޅުވައި ދެއްވައި ވާހަކަ ދައްކަވަމުން ރައީސް އިތުރަށް ވިދާޅުވީ، ވަޒީފާގެ ފުރުސަތު ހޯދައި ދިނުމާއި ގެދޮރުގެ ފުރުސަތު ދިނުމަށް ބޮޑު އިސްކަމެއްދެއްވާކަމަށާއި އެމަނިކުފާނު ވެވަޑައިގެންނެވި މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށްނުދަނީ މިހާރު ފާސްކޮށްފައި އޮތް ބަޖެޓަކީ އިދިކޮޅު އެމްޑީޕީ މެޖޯރިޓީ އޮތް 19 ވަނަ މަޖިލީހުން ފާސްކޮށްފައި އޮތް ބަޖެޓަކަށްވާތީވެ ކަމަށެވެ.

އަދި ދަތިތަކާއި އެކުވެސް މަޝްރޫއުތައް ކުރިއަށްދާކަމަށާއި 20 މަޖިލީހުން ފާސްކުރާ ބަޖެޓުގައި އެންމެ ބޮޑު އިސްކަމެއްދޭނީ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން ރައީސް ވިދާޅުވީ ކޮންމެ އަހަރެއްގެ ޕަބްލިކް ސާވިސް އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ބަޖެޓުގެ ދެބައިކުޅަ އެއްބައި ހާއްސަކުރާނީ ގެދޮރުވެރިކަމުގެ މަޝްރޫއުތަކަށް ކަމަށެވެ.

"ޕީއެސްއައިޕީ މަޝްރޫއުތަކުގެ އޭގެ ދެބައިކުޅަ އެއްބައި މަދުވެގެން 50 އިންސައްތަ ކޮންމެ އަހަރަކު ކަނޑައަޅާނީ ގެދޮރުވެރިކަމަށް، މިއީ ދުވަހަކުވެސް ރާއްޖޭގައި ކުރިކަމެއް ނޫން" .
ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ