މި ސަރުކާރާ ހަވާލުވިއިރު ކުންފުނިތަކަށް ދައްކަން ޖެހޭ ނުވަ ބިލިއަން, ސަރުކާރު އެސްއޯއީތަަކަށް ދައްކަން ޖެހޭ ހަތް ބިލިޔަން, ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ 2.7 ބިލިޔަނާއެކު ޖުމަލް 13 ބިލިޔަން ދަރަނީގެ ގޮތުގައި ދައްކާފައިވާ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންސީގެ ޖަހަގަ ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ, މިސަރުކާރު މިހާތަނަށް ހިންގާފައިވަނީ އިންޓްރެސްޓް ބޮޑު ލޯނުތައް ނެގުމާއި ފައިސާ ޗާޕް ކުރުން ފަދަ ކަންކަން ނުކޮށް ކަމަށާއި, ނަމަވެސް ތަރައްްގީގެ ކަންކަމުގައި ރާއްޖެ މިދަނީ ބާރަށް ކުރިޔަށް ކަމަށެވެ.
އަދި އެމަނިކުފާނުގެ ވެރިކަމުގެ އެންމެ މުހިންމު އެއް ވައުދަކީ ފައިސާ ޗާޕު ކުރުން ހުއްޓާލުން ކަމަށާއި ސަރުކާރަށް މިވީ ހަތް މަހާއި ފަސް ދުވަހުގެ ތެރޭގައި އެކަން ނުކުރައްވާ ކަމަށާއި, ފައިސާ ޗާޕު ނުކޮށް, ދަރަނި ދައްކަމުން ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި ކުރީގެ ސަރުކާރުން ރާއްޖޭގައި މީގެކުރީގެ 40 އަހަރު ނުކުރާ ވަރަށް ފައިސާ ޗާޕް ކުރި ކަމަށާއި އެކަން އެއީ ފަސޭހަ ގޮތެއް ކަމަށާއި އެއީ އެކަމަކު އެއީ އިހްލާސްތެރި މަގެއްނޫން ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވެފައިވެއެވެ.