އިސްރާއީލުގެ އަސްކަރިއްޔާއިން ހިފާފައިވާ ހުޅަނގު އައްސޭރީގައި ހިންގި އޮޕަރޭޝަނެއްގައި ޒަހަމްވެފައިވާ ފަލަސްތީނުގެ ފިރިހެނަކު ޖިޕެއްގެ ބޮނެޓުގައި އައްސާ ހުޅަނގު އައްސޭރި ތެރޭގައި ދުއްވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ވީޑިއޯއިން ފެންނަނީ ބޮނެޓުގައި މީހަކު އައްސާފަ އޮތް އައިޑީއެފްގެ ޖީޕްއެއް ފަލަސްތީނު ރެޑް ކްރެސެންޓް (ޕީއާރުސީއެސް) ގެ އެމްބިއުލާންސްތައް ބައިޕާސްކޮށް ޖެނިން ތެރެއިން ދުއްވާފަދާ މަންޒަރެވެ. ޕީއާރުސީއެސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އިޒްރޭލު ސިފައިން ޕީއާރުސީއެސްގެ މަސައްކަތްތެރިން ޒަހަމްވެފައިވާ މީހާއަށް ފަސްޓް އެއިޑް ދިނުމަށް ހުރަސް އެޅި ކަމަށާއި، އޭގެ ފަހުން ޒަހަމްވި މީހާ ހޮސްޕިޓަލަށް ބަދަލުކުރުމުގެ ކުރިން އޭނާ ހިފަހައްޓާފައިވާ ކަމަށެވެ.

އިސްރާއީލުގެ ދިފާއީ ބާރު (އައިޑީއެފް) އިން ވަނީ އެ މީހުންގެ ސިފައިން އިޖުރާއަތްތަކާ ހިލާފުވެފައިވާ ކަން ގަބޫލުކޮށް އެކަން ތަހުގީގެއް ކުރާނެ ކަމަށް ބުނެފައެވެ. މި ހާދިސާ ހިނގާފައި މިވަނީ ޣައްޒާގައި އިސްރާއީލުން ހިނގަމުންދާ ގަތުލުތައް ފެށުނު ފަހުން ހުޅަނގު އައްސޭރީގައި ހަމަނުޖެހުންތައް އިތުރުވަމުންދާ ދަނޑިވަޅެއްގައެވެ.

ހުޅަނގު އައްސޭރީގައި އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ފަލަސްތީނުގެ 500 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު އޭގެ ތެރޭގައި 100 އަށް ވުރެ ގިނަ ކުޑަކުދިން ވެސް ހިމެނޭ ކަމަށް އދ. އިން ރިޕޯޓިކުރެއެވެ. ހުޅަނގު އައްސޭރީގައި ހިނގާފައިވާ ހަމާލަތަކު ތެރޭގައި އިސްރާއީލުގެ އަސްކަރީ ހަމަލާތަކާއި އެ ސަރަހައްދުގައި ދުރިއުޅޭ ޔަހޫދީ އާންމުންގެ ހަމަލާތައް ހިމެނެއެވެ.

ޣައްޒާއަށް އިންސާނީ އެހީއަށް ހުރަސް އެޅި ކަމަށް ބުނެ އެމެރިކާއިން ދާދި ފަހުން ވަނީ އިސްރާއީލުގެ ޖަމާއަތެއް ކަމަށްވާ ޓްޒަވް 9 އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުވެސް އަޅާފައެވެ. ޓްޒަވް 9 އަކީ ޔަހޫދީ އާންމުން ޣައްޒާއަށް ފޯރުކޮއްދޭ އިންސާނީ އެހީއަށް ހުރަސްއެޅުމަށް އެފައްދައިގެން އުޅޭ ޖަމާއަތެކެވެ.