އުމުރުން 18 އަހަރުގެ ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިކަން ހާމަކޮށްފައިވަނީ އެކްސްގައި ކޮށްފައިވާ ޕޯސްޓްގައެވެ.

އެގޮތުން ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ހ. ބްލޫސްކޫޕް (މިހާރު ދިރިއުޅޭ އެޑްރެސް: ހ. ބްލޫޑްރީމް) ހުސައިން ޒިހާން ކަމަށެވެ. އަދި ޒިހާން އެންމެ ފަހުން ފެނިފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު ދިރިއުޅޭ ގެއިން ކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތުދީފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

އަދި ޒިހާންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހެންވޭރު ޕޮލިސް ސްޓޭޝަންގެ ނަންބަރު 9400053 އަށް ގުޅައި ހިއްސާކޮށްދިނުމަށްވެސް ފުލުހުން އެދިފައިވެއެވެ.