އަންޓަރާ ކިހަވައް ރިސޯޓުގެ ކަނޑުއަޑީ ރެސްޓޯރެންޓުން ކެވިއާ ތައާރަފު ކޮށްފިއެވެ.

ރާއްޖޭގައި ކަނޑު އަޑީގައި އޮންނަ އެންމެ ފުރިހަމަ އެއް ރެސްޓޯރެންޓު ކަމުގައިވާ އަންޓަރާ ކިހަވައް ރެސްޓޯރެންޓުން, އެ ރެސްޓޯރެންޓުގެ ކެއުންތައް އާ އުސްމިންތަކަކަށް ވާސިލުކުރުމަށް ކެވިއާ ތައާރަފު ކޮށްފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

އަންޓަރާ ކިހަވައް ރެސްޓޯރެންޓުގެ އެގްޒެކަޓިވް ޝެފް ޖޯޝިމް ޓެކްސްޓާ, ކެވިއާ ބޭނުންކޮށްގެން ތައްޔާރު ކުރާ ބައެއް ކެއުންތަކުގެ ތެރޭގައި:

  • ފްރެޝް ލޮބްސްޓާ ކެވިޗޭ
  • އޮސްޓްރޭލިއަން ވެގްޔޫ ސްޓްރިޕްލޮއިން
  • ސްކެލޮޕް ޓާޓާ
  • ޕިސްޓާޗިއޯ ޕްރަލީން ޗީޒް ޓާޓް

ކެވިއާއަކީ ސްޓާޖެންޓް ނަމަކަށް ކިޔުނު މަހެއްގެ ބަނޑުން ނަގާ ބިސްތަކެވެ. މި ބިސްތަކަކީ އޭގައި ލާ ވަރުގަދަ ރަހައިގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަޝްހޫރު އެއްޗެކެވެ. ނަމަވެސް ކެވިއާއަކީ އުފައްދަން އުނދަގޫ އެއްޗަކަށް ވާތީ, އެއީ ކެއްކުމުގެ ދުނިޔޭގައި އެންމެ އަގުބޮޑު އެއް ކެއުމެވެ.

މަތީ ފަންތީގެ ކެއުމެއް ގޮތުގައި ދުނިޔެއަށް މަޝްހޫރު ކެވިއާ ތައާރަފު ކުރުމާއެކު, އަންޓަރާ ކިހަވައް ރެސްޓޯރެންޓު ވާނީ ރާއްޖެއަށް ކެވިއާ ތައާރަފު ކުރި ފުރަތަމަ ރެސްޓޯރެންޓަށެވެ.