މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އަދި މަންޓާ ރޭ އިން ގުޅިގެން "އެކްސްޕްލޯ މޯލްޑިވްސް" ގެ ނަމުގައި އިންޑިއާގެ ބެންގަލޫރޫގައި ރޯޑްޝޯއެއް ބާއްވަން ނިންމައިފިއެވެ.

މި ރޯޑްޝޯ ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 26 ވަނަ ދުވަހު ބެންގަލޫރޫގެ ޝަންގްރީލާ ހޮޓެލްގައެވެ.

މި ރޯޑްޝޯގެ އަމާޒަކީ ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާގެ ފަތުރުވެރިންގެ އަދަދު ގިނަ ކުރުމެވެ. މި ރޯޑްޝޯއަކީ, ޓުއަރިޒަމް ދާއިރާގައި ރާއްޖެއާ އިންޑިއާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެކެވެ.

މި ރޯޑްޝޯގައި ރާއްޖޭގެ ޓުއަރިޒަމް ދާއިރާ އިޝްތިހާރު ކުރުމަށް ބައިވެރިވާ ރިސޯޓުތަކުގެ ތެރޭގައި:

  • ޔުނިވާސަލް ރިސޯޓްސް
  • މައިނާ ހޮޓެލްސް
  • އެންއެޗް ކަލެކްޝަން
  • އެޓްމޮސްފެއާ ކޯ
  • ސަން ސިޔާމް ރިސޯޓްސް
  • ވިލާ ރިސޯޓްސް
  • ޕަލްސް ހޮޓެލްސް އެންޑް ރިސޯޓްސް
  • އޭއޭއޭ ހޮޓެލްސް އެންޑް ރިސޯޓްސް
  • އަންގްސަނާ
  • ކޯމޯ

އިންޑިއާގެ ބެންގަލޫރުގައި ބާއްވާ މި ރޯޑްޝޯއަކީ ޓުއަރިޒަމްގެ ދާއިރާގައި ރާއްޖެއާ އިންޑިއާއާ ދެމެދު އޮތް ހީނަރުވެފައިވާ ގުޅުުން އަލުން އިއާދަކުރުމަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިއްބައިދޭނެ ރޯޑްޝޯއެކެވެ.