ށ. މިލަންދޫ ގޮނދުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، ބޮޑު ހިލައިގެ 7 ވަނަ ޝިޕްމަންޓް ވަނީ ޕްރޮޖެކްޓް ސައިޓްއަށް ގެންދެވިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ރިވެޓްމަންޓް މަސައްކަތުގެ %55 މަސައްކަތް ނިމިފައިވާއިރު، ގްރޮއިންސް މަސައްކަތުގެ %65 ވަނީ ނިމިފައި ކަމަށާއި އަދި މުޅި މަޝްރޫއުގެ %58 މަސައްކަތްވެސް ވަނީ މިހާތަނަށް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 954 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 115 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންޖެހުމުގެ މަސައްކަތް ހިމެނެއެވެ.

މިއީ 34.6 މިލިއަން ރުފިޔާގެ މަޝްރޫއުކެވެ.