މާލެ އިން ގެއްލުނު ފުވައްމުލަކު ޒުވާނާ ފެނިފައިވާ ކަމަށް ފުލުހުން ރޭ ބުނެފިއެވެ.

ގެއްލިގެން ފުލުހުން އިއުލާން ކުރީ ޏ. ފުވައްމުލައް، ދިގުވާނޑު / އެފްރޯ، އަހުމަދު އިޔާޝް ވަސީމް (24އ) އެވެ.

އަހުމަދު އިޔާޝް ފެނިފައި މިވަނީ ގެއްލުނުތާ 10 ދުވަސް ފަހުންނެވެ.

ފުލުހުން ބުނީ އިޔާޝް އޭނާގެ އާއިލާއަށް ގުޅާފައިވާ ކަމަށާއި ހާލު ރަނގަޅު ކަމަށް އޭނާގެ އާއިލާއިން ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.

އަހުމަދު އިޔާޝްގެ ހަބަރެއް ނުވެ އާއިލާއިން އެކަން ރިޕޯޓް ކުރުމުން އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވަނީ މިމަހުގެ 14 ވަނަ ދުވަހުއެވެ.