ވައިބާ ހެކްކޮށް އެ ނަންބަރެއްގެ ވެރިފަރާތުގެ ރަހުމަތްތެރިންނާއި އާއިލާ މެމްބަރުންގެ އަތުން ފައިސާ ހޯދާ މައްސަލަތައް އިތުރުވަމުންދާތީ އެކަމަށް ސަމާލުވާން ފުލުހުން އެދިއްޖެއެވެ.

މަކަރާ ހީލަތުން ރައްކާތެރިވުމަށް ފުލުހުން އެދިލައްވާފައިވަނީ ފައިސާ ފޮނުއްވުމުގެ ކުރިން އެއީ ކާކުކަން ޔަގީން ކުރުމަށްފަހު ފައިސާގެ މުއާމަލާތްކުރުމަށެވެ. އަދި އޯޓީޕީ ކޯޑު އެއްވެސް ހާލަތެއްގައި އެހެން ފަރާތަކަށް ހިއްސާ ނުކުރުމަށްވެސް ފުލުހުން އިލްތިމާސްކުރެއެވެ.

ވައިބަރ އަކީ ރާއްޖޭގައި އެންމެ ގިނައިން ބޭނުކުރެވެމުން އަންނަ އެއް މެސެޖިން ޕްލެޓްފޯމްއެވެ. އަދި ވައިބަރ އާ ގުޅުންހުރި ސްކޭމްތަކާއި އެކި ގޮތްގޮތުން އޮޅުވާލައިގެންނާއި ބިރު ދައްކައިގެން ފައިސާ ހޯދުމާއި އެކިއެކި ސައިބަރކްރައިމް މައްސަލަތަކުގެ އަދަދު ރާއްޖޭގައި އަންނަނީ އިތުރުވަމުންނެވެ، ފުލުހުން ހާމަކޮއްފައިވާގޮތުގައި 2023 ވަނަ އަހަރު 971 ސްކޭމްގެ މައްސަލައެއް ރިކޯޑު ކުރެވިފައިވާއިރު 2022 ވަނަ އަހަރު 1،081 މައްސަލައެއް ރިކޯޑު ކުރެވިފައިވެއެވެ.