އެސްޑީއެފްސީގެ ޕޯޓަލް މެދުވެރިކޮށް "ދަނޑުވެރި މަންފާ" އަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދަނޑުވެރި މަންފާ ލޯން ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް އެޕްލައި ކުރުމުގެ ފުރުޞަތު ވަނީ މިއަދު މާގިރި ހޮޓަލްގައި ބޭއްވުނު ޚާއްސަ ރަސްމިއްޔަތެއްގައި ހުޅުވާލަފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވާ ""ދަނޑުވެރި މަންފާ" ލޯން އެޕްލިކޭޝަން ޕޯޓަލް އިފްތިތާޙުކޮށްދެއްވީ ދަނޑުވެރިކަމާ ދިރޭތަކެއްޗާއި ބެހޭ ވުޒާރާގެ ވަޒީރު ޑރ.އާއިޝަތު ރަމީލާއެވެ. ⁠މި ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ފިނޭންސް އިތުރުން އެސްޑީއެފްސީ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އަދި އިންޓަރނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) އާއި ގުޅިގެން ހއ، ހދ އަދި ށ އަތޮޅުގައި ހިންގަމުންގެންދާ 'މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕް)'ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި 15،188،700.0 ރުފިޔާގެ މެޗިން ގްރާންޓް ޕްރޮގްރާމެއް ދަނޑުވެރި މަންފާގެ ނަމުގައި ވަނީ 22 މެއި 2024 ގައި އާންމުކޮށް އިޢުލާން ކޮށްފައެވެ. އަދި މި ގްރާންޓް ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި، އެޕްރީލް 2024 ގެ ތެރޭގައި މިނިސްޓްރީ އޮފް ފައިނޭންސް، އެސްޑީއެފްސީ އަދި ދަނޑުވެރިކަމާ ދިރޭތަކެއްޗާއި ބެހޭ ވުޒާރާއާއިއެކު ވަނީ އެމް.އޯ.ޔޫ ގައި ސޮއި ކޮށްފައެވެ.