އަށްވަނަ ޗައިނާ-ޔޫރޭޝިއާ އެކްސްޕޯގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

ޗައިނާގެ އުރުމްގީގައި ކުރިއަށްދާ މި އެކްސްޕޯގައި ވަޒީރު ޑރ. ޝަހީމް ބައިވެރިވެލެއްވީ ޗައިނާ ސަރުކާރުގެ ހާއްސަ ދަޢުވަތަކަށެވެ. މި އެކްސްޕޯ ކުރިއަށްދާނީ ކުރިއަށް އޮތް ހުކުރު ދުވަހުގެ ނިޔަލަށެވެ.

ވަޒީރު ޑރ. ޝަހީމް ޗައިނާއަށް މި ކުރައްވާ ދަތުރުފުޅުގައި ޗައިނާގެ މުހިއްމު މިސްކިތްތަކަށާއި އިސްލާމީ އެކަޑަމީތަކަށް ޒިޔާރަތް ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުޙައްމަދު ޝުޖާއު އަބްދުލް ޙަކީމްވެސް ބައިވެރިލައްވައެވެ.