ސްޓޭޓް އިލެކްޓްރިކް ކޮންޕެނީ ލިމިޓެޑް(ސްޓެލްކޯ)އިން އިސްނަގައިގެން މޯލްޑިވިއަން ބްލަޑް ސަރވިސަސްއާއެކު ލޭ ހަދިޔާކުރުމަށް ކޭމްޕެއް ބާއްވައިފިއެވެ.

މި ކަން ހާމަކޮށް އެ ކުންފުނިން ވަނީ އެކްސްގައި ޕޯސްޓެއްކޮށްފައެވެ.

ސްޓްލްކޯއިން ބުނީ މިކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ ލޭ ހަދިޔާކުރަން ބޭނުންވާ ހުރިހާ މުވައްޒަފުންނަށްވެސް ހުޅުވާލައިގެން ކަމަށެވެ. އެގޮތުން ލޭ ހަދިޔާ ކުރުމުގެ މިކޭމްޕަށް މުވައްޒަފުން ދިން ތަރުހީބަށް އެ ކުންފުނިން ވަނީ ޝުކުރުއަދާކޮށްފައެވެ.

މީގެއިތުރުން އެ ކުންފުނިން ބުނީ ލޭ ހަދިޔާ ކުރުމުގެ ކޭމްޕެއް ހިންގުމުގެ ބޭނުމަކީ ލޭ ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ލޭ ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގައި ހިއްސާވުން ކަމަށާއި ލޭ ހަދިޔާކުރުންފަދަ ޕްރޮގުރާމުތައް ކުރިއަށްގެންދިއުމަށް ހާއްސަ އިސްކަމެއްދޭ ކަމަށާއި، މުވައްޒަފުންނަށް އަމާޒުކޮށްގެން މިފަދަ ޕްރޮގުރާމުތައް ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާކަމަށެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސް، އެމްބީއެސްއިން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެކި މުއައްސަސާތަކާ ގުޅިގެން ލޭ ހަދިޔާކުރުމުގެ ކޭމްޕުތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބާއްވައެވެ. މި ކޭމްޕް ކުރިއަށް ގެންގޮސްފައިވަނީ މާލޭގައި ހުންނަ ސްޓެލްކޯގެ މައި އިމާރާތުގައެވެ.

އަދި މިކޭމްޕްގައި ގާތްގަޑަކަށް 100އެއްހާ މުވައްޒަފުން ލޭ ހަދިޔާކޮށްފައިވާ ކަމަށް ސްޓެލްކޯއިން ބުނެފައިވެއެވެ.