ބަރުދަން ލުއިކުރުމުގެ ވާހަކަތަކުގައި އާންމުކޮށް މީހުން ދޭ އިރުޝާދަކީ ޑައިޓްކުރުމާއި ކަސްރަތު ކުރުމެވެ. ނަމަވެސް، ރެސްޓްރިކްޓިވް ކެއުމަކަށް ނުވަތަ ބުރަ ޖިސްމާނީ ހަރަކާތެއް ކުރަން ނުޖެހި ކިލޯ ތައް ލުއިކުރުމަށް އެހީތެރިވެދޭނެ އެހެން ގޮތްތަކެއް އެބަހުއްޓެވެ.

މިކަން ފަށަން އެންމެ ރަނގަޅު އެއް ގޮތަކީ ކަލިނަރީ ނުވަތަ ކެއްކުމުގެ ހުނަރު އިތުރުކުރުމެވެ. ގޭގައި ކެއްކުމުން އިންގްރިޑިއެންޓްސް އާއި ޕޯޝަން ސައިޒްތައް ރަނގަޅަށް ކޮންޓްރޯލްކުރެވި، ސިއްހަތަށް ފައިދާހުރި ކެއުމުގެ އާދަތައް އާލާކޮށްދެއެވެ.

ޕްރޮޓީން ކެއުން އިތުރުކުރުމަކީ ވެސް ވަރަށް މުހިންމު ކަމެކެވެ. ކެއުމުގައި ތޮޅިއާ ބީންސްއާ ޔޯގަޓް އަދި ބިހާއި މަސްފަދަ ބާވަތްތައް ހިމެނުމަކީ ބަނޑު ފުރުމުގެ އިހުސާސްތައް އިތުރުކޮށް، ބަނޑުހައިހޫނުކަން ކުޑަކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން ގިނަ އަދަދަކަށް މޭވާ، ތަރުކާރީ އަދި ހޯލް ގްރޭންސް ހިމަނައިގެން ފައިބަރު ހުންނަ ކާނާ އިތުރުކުރުމަކީ ހަޖަމުކުރުމަށް އެހީތެރިވެދޭ، ބަނޑުހައިހޫނުކަން ނައްތާލާ މާގިނައިން ކެއުމުން ދުރުކޮށްދޭ ކަމެކެވެ.

ޕްރޮބަޔޮޓިކްސްއަށް ވިސްނާލުމަކީ ފައިދާހުރި އަނެއް ފިޔަވަޅެވެ. ޔޯގަޓް، ކިމްޗީ، އަސާރަ އަދި ޕްރޮބަޔޮޓިކް ސަޕްލިމެންޓެއް ފަދަ ފާމެންޓެޑް ކޮއްފައިހިންނަ ކާނާގެ ސަބަބުން ބަނޑާއި މުޅި ހަށީގަނޑުގެ ދުޅަހެޔޮކަމަށް އެހީތެރިވެދެއެވެ.

ފެންވަރު ރަނގަޅު ނިދުމަކަށް އިސްކަން ދިނުމަކީ ވެސް ހަމަ އެހާމެ މުހިންމު ކަމެކެވެ. ކޮންމެ ރެއަކު 7-9 ގަޑިއިރަށް ނިދަން އަމާޒުކުރުމަކީ ބަރުދަން ލުއިކުރުމަށް ކުރާ މަސައްކަތަށް އެހީތެރިވެ، ހޯމޯނަލް ބެލެންސް ދެމެހެއްޓޭނެ ކަމެކެވެ. ތިމާ ހިތްހަމަޖެހޭ ކަންކަން ކުރުމާއީ ބޭރުގައި ވަގުތު ހޭދަކުރުން ފަދަ ކަންކަމުގައި ވަގުތު ހޭދަކޮށް ސްޓްރެސް ލެވެލް މެނޭޖް ކުރުމަކީ ސްޓްރެސްގެ ސަބަބުން ބަރުދަން އިތުރުވުން ކުޑަކޮށްދޭނެ ކަމެކެވެ.

މީގެ އިތުރުން، ވިޓަމިން ޑީ ލެވެލް މަތިކުރުމަށް އިރުގެ އަލީީގައި ވަގުތު ހޭދަކޮށް، މަސް ފަދަ ވިޓަމިން ޑީ އެކުލެވޭ ކާނާ ކެއުން އިތުރުކުރުމުން ބަރުދަން ބެލެހެއްޓުމަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެއެވެ. ކާއިރު ކުދި ޕޯޝަން ސައިޒެއް އިޚްތިޔާރުކުރުމާއި ކުދި ކާތަށި ބޭނުންކުރުމަކީ ކާ މިންވަރު ކޮންޓްރޯލްކޮށް މާގިނައިން ކެއުމުން ދުރުކޮށްދޭނެ ކަމެކެވެ. ފެނާއި ހާބަލް ސައި ނުވަތަ އިންފިއުޒްޑް ފެން އިހްތިޔާރުކޮށް ހަކުރު އެކުލެވޭ ބުއިންތައް ނައްތާލުމަކީ ވެސް އޭގެ އަނެއް ހަރުދަނާ ސްޓްރެޓެޖީއެވެ.

ޔޯގަޓް، މޭވާ، ތަރުކާރީ ނުވަތަ ނަޓްސް ފަދަ ސިއްހަތަށް ފައިދާހުރި ސްނެކްސް ނުވަތަ ލުއި ކެއުންތަށް އިޚްތިޔާރު ކުރުމަކީ މައިގަނޑު ކާ ގަޑިތަކު ދޭތެރޭގައި ބަނޑުހައިހޫނުކަން ކުޑަކޮށްދޭނެ ކަމެކެވެ. ކާވަގުދު ފޯނު ނުވަތަ ޓީވީބެލުން ދޫކޮއްލާ، ކެއުމަށް ފޯކަސް ކުރުމަކީވެސް މާގިނައިން ކެއުން ހުއްޓުވައިދޭ ކަމެކެވެ.

ފަހު ކަމަކަށް، ޢާއިލީ ކެއުމަށް ހިތްވަރު ދިނުމަކީ ސިއްހަތަށް ފައިދާހުރި ކެއުމުގެ އާދަތައް ކުރިއަރުވައި، ޕޯޝަން ސައިޒު ކޮންޓްރޯލް ކުރުމަށް މަގުފަހިކޮށްދޭ ކަމެކެވެ. ގޭގައި ފައިދާހުރި، ބެލެންސްޑް، ކާއެއްޗެހި ކެއްކުމަކީ ކުޑަކުދިންނާއި ބޮޑެތި މީހުންގެ މެދުގައި ވެސް ރަނގަޅު ކެއުމުގެ އާދަތައް އުފައްދައިދޭ ކަމެކެވެ.

މި ކުދި ކުދި އެޑްޖަސްޓްމަންޓުތަކުގެ ސަބަބުން ހަރުކަށި ޑައިޓްއެއް ނުވަތަ ވަތުގަދަ ކަސްރަތުތަށް ކުރަން ނުޖެހި ދުޅަހެޔޮ ހަށިގަނޑެއް ހޯދުމުގައި ވަރަށް ބޮޑު އެހީއެއް ލިބިގެންދާނެއެވެ.