ދިވެހި ފުލުހުންގެ ހިދުމަތުން ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާ އެންޓި ސްކޭމް ސެންޓަރާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށްޓަކައި މީޑިއާތަކާ ފުލުހުން ބައްދަލު ކުރައްވައިފިއެވެ.
މިއަދު ކުރިއަށް ގެންދިޔަ މި ބައްދަލުވުން އޮތީ އިސްކަންދަރު ބިލްޑިންގައެވެ.
މި ބައްދަލުވުމުގައި ވަނީ, ގާއިމު ކުރުމަށް މަސައްކަތް ކުރެވެމުންދާ އެންޓި ސްކޭމް ސެންޓަރުގެ މަސައްކަތްތަކުން މިހާރު ނިމިފައިވާ މަރުހަލާތަކާއި އަދި ކުރިއަށް ކުރަން ޖެހޭ މަސައްކަތްތަކާ ބެހޭ ގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ. އަލަށް ގާއިމު ކުރެވޭ މި ސެންޓަރުތައް ހިންގާނެ ގޮތާ ބެހޭ ގޮތުން ވެސް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
މި ބައްދަލުވުމުގައި ފުލުހުން ވަނީ, ސްކޭމުތަކުގެ މައްސަލަތައް ދުވަހުން ދުވަހަކަށް ގިނަވަމުން އަންނައިރު މި ކަހަލަ ކަންކަމުން އާއްމު ރައްޔިތުން ރައްކާތެރި ކުރުމަށް މީޑިއާތަކަށް ކުރެވޭނެ މަސައްކަތްތަކާ ބެހޭ ގޮތުން ވާހަކަދައްކާފައެވެ.
އެންޓި ސްކޭމް ސެންޓަރުތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އިކޮނޮމިކް ކްރައިމް ޑިޕާޓްމެންޓް އަދި ޕޮލިސް މީޑިއާ ސެންޓަރުގެ އިތުރުން ބައެއް މީޑިއާ ތަކުން ވަނީ ބައިވެރިވެފައެވެ.