ޖަރުމަނުގައި ކުޅެވެމުންދާ ޔޫރޯގެ ރައުންޑް އޮފް 16 ގެ މެޗުތައް މިރޭ ފެށިގެންދާނެއެވެ.

މުބާރާތުގައި ހަ ގްރޫޕު އޮންނައިރު, ކޮންމެ ގްރޫޕަކުން އެންމެ މަތިން ޕޮއިންޓު ހާސިލުކުރި ދެ ޓީމު ވަނީ ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. އޭގެ އިތުރުން އެންމެ މޮޅު ތިންވަނައަށް ދާ ހަތަރު ޓީމުގެ ގޮތުގައި ސްލޮވީނިއާ, ސްލޮވޭކިއާ, ޖޯޖިއާ އަދި ނެދަލޭންޑްސް ވަނީ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.

ދެވަނަ ބުރުގައި ކުޅެވިގެންދާނެ މެޗުތައް:

ސައިޑް 1

  • ސުވިޒަލޭންޑް - އިޓަލީ
  • އިނގިރޭސިވިލާތް- ސްލޮވޭކިއާ
  • ރޮމޭނިއާ - ނެދަލޭންޑްސް
  • އޮސްޓްރިއާ- ތުރުކީ

ސައިޑް 2

  • ޖަރުމަނު - ޑެންމާކް
  • ސްޕެއިން - ޖޯޖިއާ
  • ފްރާންސް - ބެލްޖިއަމް
  • ޕޯޗުގަލް - ސްލޮވީނިއާ

ޔޫރޯގެ ދެވަނަ ބުރުގެ ފުރަތަމަ މެޗު ފެށޭނީ މިރޭ 21:00 ގައެވެ. މި މެޗުގައި ބައްދަލު ކުރާނީ ގްރޫޕު "އޭ" ގެ ދެވަނަ ހާސިލުކުރި ސުވިޒަލޭންޑް އަދި ގްރޫޕު "ބީ" ގެ ދެވަނައަށް ދިޔަ އިޓަލީއެވެ.