ރާއްޖެއަށް ދިމާވެފައިވާ އިޤްތިސާދީ ކާރިޘާއިން އަރައިގަތުމަށްޓަކައި ރައީސް ޑޮކްޓަރ މުހައްމަދު ނިންމެވި ނިންމެވުންތަކީ ދިވެހި ގައުމުގެ ކުރިމަގަށްޓަކައި ނިންމެވި ޤައުމީ ނިންމެވުންތަކެއް ކަމަށް ވެރިކަންކުރާ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

ވެރިކަން ކުރާ ކޯލިޝަނުން މިހެން ބުނީ ރައީސް ޑޮކްޓަރ މުއިއްޒުގެ މާލީ އިސްލާހީ ފިޔަވަޅުތަކަށް މަރުޙަބާ ދަންނަވައި މިއަދު ނޫސްބަޔާނެއްގައެވެ.

މި ނޫސްބަޔާނުގައި ބުނެފައި ވަނީ ދިވެހި ރައްޔިތުންނަށް މާބޮޑު އަސަރެއް ނުކުރާނެ ގޮތަށް އެޅުއްވުމަށް ރައީސް ނިންމެވި މާލީ އިސްލާހީ ފިޔަވަޅުތަކަކީ ޤައުމީ ވިސްނެވުމަކުން ވިސްނެވުމަށްފަހު ނިންމަވާފައިވާ ފިޔަވަޅުތަކެއް ކަމަށެވެ.

"ފިޗުން" ދިވެހި އިގްތިސާދު މިންކޮށް، ސީސީސީ ކެޓަރީގައި ރާއްޖެ މިންކޮށް އެކަން އިއުލާން ކުރީ މިދިޔަ ބުދަ ދުވަހުއެވެ. މިކެޓަގަރީއަކީ ލޯނުތައް ނުދެއްކި ރާއްޖެ ބަނގުރޫޓްވެދާނަކަން އަންގައިދޭ މިންކުރުމެކެވެ.

ރައީސް އިއުލާން ކުރެއްވި މާލީ އިސްލާހީ ފިވަޅުތަކުގެ ދަށުން ސިޔާސީ މަގާމްތައް މަދުކުރުމާއި އެކި މުނާސަބަތުތަކުގައި ބާއްވާ ޙަފްލާތަކަށް ކުރާ ޚަރަދުތައް މަދު ކުރެއްވުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން އެހެން ފިޔަވަޅުތައްވެސް ހިމެނެއެވެ.

ޕީޕީއެމް/ޕީއެންސީގެ ކޯލިޝަންގެ ނޫސް ބަޔާން ނިންމާލާފައި ވަނީ ދިވެހި ގައުމުގެ އިގްތިސާދު ހަމަމަގަށް އެޅުވުމަށް ރައީސް ޑޮކްޓަރ މުއިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތުގައި ﷲ ސުބްހާނަހޫ ވަތައާލާ ބަރަކާތްލެއްވުން އެދި ދުޢާ ކުރަމުންނެވެ.