މިއަހަރުގެ ހައްޖުގެ މަތިވެރިގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ދިޔަ ހައްޖުވެރިންގެ ދެވަނަ ގްރޫޕް މިއަދު މެންދުރުފަހު ރާއްޖެ އަތުވެއްޖެއެވެ.

މިއަދު މެންދުރުފަހު 15:30 ހާއިރު ރާއްޖެ ހުޅުލެއަށް ޖެއްސި މިފްލައިޓުން އައީ 352 ހައްޖުވެރިންނެވެ.

ރާއްޖެއިން މިފަހަރު ހައްޖަށް މީހުން ގެންދިޔައީ 4 ގްރޫޕަކަށް ބަހާލައިގެންނެވެ. މީގެ ތެރެއިން ފުރަތަމަ ގްރޫޕުގެ ހައްޖުވެރިން ރާއްޖެއިން މީގެ ދެތިން ދުވަސް ކުރިންނެވެ. ބާކީ ތިބި ދެގްރޫޕު ރާއްޖެ އައުމަށް ހަމަޖެހިފައި ވަނީ އަންނަ އާދިއްތަ ދުވަހާއި ބުރާސްފަތި ދުވަހުއެވެ.

މިފަހަރު ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ރާއްޖެއިން ހައްޖަށް ދިޔައީ 1150 މީހުންނެވެ. އަމިއްލަ އެއްވެސް ޖަމާއަތަކަށް މިފަހަރު ހައްޖު ކޯޓާ ދޫކޮށްފައެއް ނުވެއެވެ.

ހައްޖުވެރިން ރާއްޖެ އަންނަން ފެށުމާއެކު، ތަފާތު ރޯގާތައް ފެތުރުމުގެ ފުރުސަތު އޮތުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިލްތިމާސް ކޮށްފައެވެ.