އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ޗައިނާ އަށް ކުރެއްވި ދަތުރަށް ފަހު މާލެ ވަޑައިގެންފިއެވެ.

ޗައިނާގެ ސިންޖިއަންގ ރީޖަންގެ އުރުމްގީގައި ބޭއްވުމަށް ހަމަޖެހިފައިވާ ޗައިނާ-ޔޫރޭޝިއާ އެކްސްޕޯގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ކުރެއްވެވިމި ދަތުރުފުޅުގައި ޗައިނާގެ މުހިންމު މިސްކިތްތަކާއި އިސްލާމީ އެކަޑަމީ ތަކަށް ވަނީ ޒިޔާރަތް ކުރައްވައިފައެވެ.

އަދި މި ދަތުރުފުޅުގައި ވަޒީރުގެ އަރިހުގައި ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު ޝުޖާއު އަބްދުލް ހަކީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެކި ފޯރަމްތަކުގައި ބައިވެރިވެވަޑައިގަތުމަށް ސަރުކާރުގެ ތިން ވަޒީރަކު މިހާރުސް ތިއްބެވީ ޗައިނާގައެވެ.

އެ ވަޒީރުން ތެރޭގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ސިޓީތަކާއި އިދާރީ ދައިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއިބެހޭ ވަޒީރު އާދަމް ޝަރީފްގެ އިތުރުން ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ހިމެނެއެވެ.