ގެވެށި އަނިޔާގެ ތުހުމަތުގައި ފުވައްމުލަކު ސިޓީން މީހަކު ހައްޔަރުކޮށްފި ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިކަންހާމަ ކޮށްފައިވަނީ މީޑިއާތަކަށް ފޮނުވި މެސެޖެއްގައެވެ.
މި މެސެޖުގައު ފުލުހުން ބުނީ ފުވައްމުލަކު ގެއެއްގައި ގެވެށި އަނިޔާކުރި މައްސަލައިގެ ރިޕޯޓް މިއަދު ލިބިފައިވާ ކަމަށެވެ.
އަދި މި މައްސަލައާއި ގުޅިގެން ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި ނަމަވެސް އެމީހާގެ ވަނަވަރެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.
މީގެއިތުރަށް ފުލުހުން ބުނެފައިވަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަންމުންދާ ކަމަށެވެ.