ލ. ދަނބިދޫގައި މޫދަށް އެރި އުޅުނު މީހަކު މަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނީ މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައެވެ.

އެ މެސެޖުގައި ފުލުހުން ބުނީ މަރުވެފައިވަނީ ދަނބިދޫ/ ނިޔަދުުރުމާގެ އާމިނަތު އުމަރު (65އ) ކަމަށެެވެ.

މީގެއިތުރުން ދަނބިދޫ އިރުމަތީ ފަރާތުގައި (ކޯސްވޭ) ސަރަހައްދުގައި މޫދުގައި މީހަކު އޮޔާ ދަނިކޮށް ފެނިގެން ހެލްތް ސެންޓަރަށް ގެންގޮސްފައިވާ ކަމަށް މިއަދު 16:55 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށްވެސް އެ ފަރާތުން ބުންޏެވެ.

އަދި އެ ރަށު ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް އެ މީހާ ނިޔާވެފައިވާ ކަމަށް ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށްވެސް ބުންޏެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުންނެވެ.