ޅ. ނައިފަރުގެ ކަރަންޓު ހާލަތު ރަނގަޅު ކުރުމަށްޓަކައި ފެނަކައިން މަސައްކަތް ފަށައިފި ކަމަށް އެ ކުންފުނިން ބުނެފިއެވެ.
ފެނަކައިން މި ކަން ހާމަކޮށްފައިވަނީ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ.
ފެނަކައިން ބުނީ ނައިފަރުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި 1200 ކިލޮވޮޓްގެ ޖަނަރޭޓަރެއް މިހާރު އެރަށަށް ގެންގޮސްފައިވާ ކަމަށެވެ.
އަދި މިއީ އެ ކޯޕަރޭޝަންގެ ކަރަންޓު އުފެއްދުމުގެ ގާބިލްކަން އިތުރުކުރުމަށް ހިންގޭ މަޝްރޫއުގެ ދަށުން ގެންދިޔަ ޖަނަރޭޓަރެެއް ކަމަށްވެސް އެ ކޯޕަރޭޝަނުން ބުންޏެވެ.
އަދި މި މަޝްރޫއުގެ ދަށުން އެހެން ރަށްރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށްވެސް ނިންމާފައިވާ ކަމަށްވެސް ފެނަކައިން ބުނެފައިވެއެވެ.