ގިނަ އަދަދެއްގެ ފައިސާއާ 150 ފުޅި ބަނގުރަލާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

މިކަން ހާމަކުރައްވާ ފުލުހުންގެ ތަރުޖަމާން، އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު ޝިފާން ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

މި ޕޯސްޓަަގައި ޝިފާން ވިދާޅުވި ގޮތުގައި ބަނގުރާ ކަމަށް ޝައްކު ކުރެވޭ 150 ފުޅި އާއި ގިނަ އަދަދެއްގެ ފައިސާ އާއި އެކު ހުޅުމާލެއިން ދެ މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަަށް ގެނެސްފަ އެވެ.

އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ބަނގުރާ ފުޅިތަކުގެ ފޮޓޯވެސް އެ ޕޯސްޓާއެކު ހިއްސާކޮށްފައި ވެއެވެ.

އެހެން ނަމަވެސް ހައްޔަރު ކުރި މީހުންގު އިތުރު ތަފްސީލާއި އަތުލައިގަތީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއްވެސް ޝިފާން ހިއްސާ ނުކުރައްވައެވެ.

މިދިޔަ ބޮޑު އީދާ ދިމާކޮށް ކ. މާފުއްޓަށް އަރުވަން އުޅުނު ހުރިހާ ބަނގުރަލެއް ފުލުހުން ހިފަހައްޓާފައިވާ ކަމަށް ހޯމްލޭންޑެ މިނިސްޓަރު އަލީ އިހުސާން ވަނީ ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމެޓީގައި ވިދާޅުވެފަ އެވެ.