ސަރުކާރުން ހިންގާ ޕާޓި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީސް މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅު (މުލިއާގެ) އިން ކޮންމެ މަހަކު ބައިލައްކަ ރުފިޔާ ދޭ ކަމަށް ފެތުރޭ ވާހަކަ ރައީސް އޮފީހުން ދޮގުކޮށްފިއެވެ.

މުލިއާގެއިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ފައިސާ ދެމުންދާ ކަމުގެ ތުހުމަތު ކުރައްވާފައިވަނީ ޓީވީ ޕްރޮގްރާމެއް ގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލެވެ.

މީގެއިތުރުން މަޖިލިސް މެންބަރުން ވަކި ގޮތަކަށް ބޭ ތިއްބުމަށް ރައީސް މުއިއްޒުގެ ފަރާތުން މެންބަރުންނަށް ކޮންމެ މަހަކުވެސް 50،000 ރުފިޔާގެ ފައިސާ ދެމުންދާ ކަމަށްވެސް ފައްޔާޒު ތުހުމަތުކޮށްފައެވެ.

މި ކަމާގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.

ހީނާ ވިދާޅުވީ އެ ވާހަކަތައް ދޮގުކޮށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެއީ ކަނޑައެޅިގެން "ބުހުތާނު" ދޮގެއް ކަމަށެވެ.