ކޮޕާ އެމެރިކާގެ ގްރޫޕު "ބީ" ގައި ޖަމައިކާ އަތުން 3-0 އިން މޮޅުވެ, ވެނެޒުއޭލާ ގްރޫޕުގެ އެއްވަމަ ހާސިލުކޮށްފިއެވެ.

އެމެރިކާގެ ކިއު ޓޫ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ވެނެޒުއޭލާގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ. މި ލަނޑަކީ, މެޗުގެ 49 ވަނަ މިނެޓުގައި ޔޮން އަރަމްބުރު ފަހިކޮށްދިން ފުރުސަތަކުން އެޑުއާޑް ބެއްލޯ ކާމިޔާބު ކުރި ލަނޑެކެވެ.

މެޗުގެ 56 ވަނަ މިނެޓުގައި ސެލެމޮން ރޮންޑޮން ވަނީ ލަނޑު ޖަހާ ވެނެޒުއޭލާގެ ލީޑު ދެ ގޯލަށް އިތުރު ކޮށްފައެވެ. ވެނެޒުއޭލާގެ ފަހު ލަނޑު ފެނިގެންދިޔައީ މެޗުގެ 85 ވަނަ މިނެޓުގައެވެ. މި ލަނޑަކޯ, ބަދަލު ކުޅުންތެރިޔެއް ގޮތުގައި އެރި އެރިކް ރަމިރޭޒް ކާމިޔާބު ކުރި ލަނޑެކެވެ.

ރަމިރޭޒް ކާމިޔާބު ކުރި ލަނޑާއެކު ވެނެޒުއޭލާ ވަނީ ފަސޭހަކަމާއެކު ޖަމައިކާ ބަލިކޮށް, މުބާރާތުގައި މިހާރު ކުޅުނު ތިން މެޗުން ވެސް މޮޅުވެ, ގްރޫޕު "ބީ" ގެ އެއްވަނަ ހާސިލުކޮށްފައެވެ. ހަތަރު ޕޮއިންޓާއެކު ގްރޫޕު "ބީ" ގެ ދެވަނައަށް ދިޔައީ އެކުއަޑޯއެވެ. ވެނެޒުއޭލާ އާއި އެކުއަޑޯ މުބާރާތުގެ ކުއާޓާއަށް ދަތުރު ކުރި އިރު, ގްރޫޕުގެ ތިންވަނައަށް ދިޔަ މެކްސިކޯ އަދި ހަތަރުވަނައަށް ދިޔަ ޖަމައިކާ ވަނީ މުބާރާތުން ކަޓާފައެވެ.