އަމީނިއްޔާ ސްކޫލުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޓީމް ބިލްޑިން ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.

މި ދިޔަ ޖޫން މަހުގެ 29 ވީ ދުވަހު, ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒުން އަމީނިއްޔާ ސްކޫލުގައި ކުރިއަށް ގެންދިޔަ މި ހަރަކާތަކީ އެ ސްކޫލުގެ ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ޑޭ އާ ގުޅުގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

މި ހަރަކާތުގައި ވަނީ, ޓީމެއް ގޮތުގައި މަސައްކަތް ކުރާ އިރު މުއާމާލާތު ކުރަން ޖެހޭނެ ގޮތާއި މުއާމަލާތް ކުރާ އިރު ސަމާލުވާން ޖެހޭ ކަންކަމުގެ މައްޗަށް އަލި އަޅުވާލާފައެވެ.

އޭގެ އިތުރުން އެ ސްކޫލުގެ މުވައްޒަފުންގެ މެދުގައި އެއްބައިވަންތަކަން ވަރުގަދަ ކުރުމަށް ޓަކައި އެކި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތަކުގައި އެ ސްކޫލުގެ ހުރިހާ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒްއިން އަންނަނީ, އަމީނިއްޔާ ސްކޫލުގައި މި ބޭއްވި ކަހަލަ ހަރަކާތްތަށް ރާއްޖޭގެ އެކި ކަންކޮޅުގައި ހިންގަމުންނެވެ. ކްރައިން ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒްގައި މަސައްކަތް ކުރައްވާ ފުލުހުން ހިންގަމުންދާ މި ހަރަކާތްތަށް ވަރަށް ކާމިޔާބު ކަމަށް ފުލުހުން ވަނީ ފާހަގަ ކުރައްވާފައެވެ.