އަށްވަނަ އިންޓާ އޮފީސް އަދި ކުންފުނިތަކުގެ ހޭންޑްބޯޅަ މުބާރާތް 15 އޮގަސްޓުގައި ފެށުމަށް ތާވަލު ކޮށްފިއެވެ.

ހޭންޑްބޯލް މޯލްޑިވްސްއިން އިންތިޒާމު ކޮށްގެން ރާއްޖޭގެ އޮފީސްތަކަށާއި ކުންފުނިތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

ޖުލައި މަހުގެ 25 ވަނަ ދުވަހު ހޭންޑްބޯލް މޯލްޑިވްސްގެ އޮފީސް ބަންދުވުމުގެ ކުރިން, ރަޖިސްޓްރޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު އެ އެސޯސިއޭޝަންގެ އީމެއިލް މެދުވެރިކޮށް ފޮނުވުމަށް އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ގަވާއިދުތައް, ހޭންޑްބޯލް އެސޯސިއޭޝަނުން ދިވެހި ސަރުކާރުގެ ގެޒެޓުގައި އާއްމު ކުރި އިއުލާނުން ލިބިގެންދާނެއެވެ.

މުބާރާތާ ބެހޭ އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް 9879555 އަށް ގުޅުއްވުމަށް ހޭންޑްބޯލް މޯލްޑިވްސްއިން ވަނީ އެދިފައެވެ.