ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގް މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ މި މި އަމުރާ ގުޅިގެން ހޯދަމުންދަނީ ރ. ކަނދޮޅުދޫ / ދޮންވެލި، އަޙްމަދު އިރުޝާން (32އ) ކަމަށެވެ.

އަދި އަހުމަދު އިރުޝާން ހޯދަމުންދަނީ ވައްކަން ކުރުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ކަމަށާއި ބަންދުގައި ބަހައްޓައިގެން މިމަހު 4 ވަނަ ދުވަހުގެ 13:30 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަަށް ވެސް ފުލުހުން ބުންޏެވެ.

މީގެއިތުރުން އިރުޝާންއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް ވެސް އެ ފަރާތުން އެދިފައިވެއެވެ.