ވޯލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމް ކޮށްގެން ބާއްވާ ވީ.އައި.އެސް ޓްރެނިން ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ޓްރެއިނިން ކޯސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ޖުލައި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހަށެވެ.

ވޮލީބޯލް އެސޯސިއޭޝަނުން ވަނީ މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުގެ ހަމަވާން ޖެހޭ ޝަރުތުތަކެއް އާއްމުކޮށްފައެވެ. އެ ޝަރުތުތަކަކީ:

  • 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހަކަށް ވުން.
  • އިނގިރޭސި ބަހުން މުއާމަލާތް ކޮށް, ލިޔަން ކިޔަން ދަތުން.
  • ދުޅަހެޔޮ ސިއްހަތެއްގައި ހުރުން.
  • ވޮލީބޯޅައިގެ މަސައްކަތުގައި އުޅޭ މީހަކަށް ވުން.
  • ކޮމްޕިއުޓަރު ބޭނުން ކުރަން އެނގުން.
  • އަމިއްލަ ލެޕްޓޮޕެއް އޮތުން.

ވޮލީބޯޅަ އެސޯސިއޭޝަނުން ކުރިއަށް ގެންދާ މި ކޯހުގައި ބައިވެރިވުމުގެ ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ 4 ޖުލައި ވާ ދުވަހުގެ މެންދުރު 12:00 އެވެ. މި ކޯހުގައި ބައިވެރިވުމުގެ ފީ އަކީ 1,000 ރުފިޔަލެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުން ވަނީ މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު ސަރުކާރުގެ ގެޒެޓުގައި އެ އެސޯސިއޭޝަނުން އާއްމު ކުރި އިއުލާނުގައި ހިމަނާފައެވެ. އެ ފޯމު ފުރިހަމަ ކުރުމަށް ފަހު އެ އެސޯސިއޭޝަންގެ އީމެއިލް މެދުވެރިކޮށް ހުށައެޅުމަށް އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ.